ލ. ގަން ތަރިކަ މަގު
- ލ. ގަން
“ތަރިކަ މަގު” މަޝްރޫއުގެ ނަމުން މަޝްހޫރު ލާމު ގަން ހެރިޓޭޖް ޓްރެއިލް އިފްތިތާހުކޮށްފައިވަނީ 24 އޮކްޓޯބަރ 2023 ގައެވެ. އެއީ ބުޑިސްޓް ސްޓޫޕާއެއް ކަމަށްވާ “ހަތްތެލި” އޭ ކިޔާ އާސާރީ ސަރަހައްދާއި ރަނޑޫ ގަސްތަކާއި ބޮޑެތި ކިނބިގަސްތަކުން ފެހިވެފައިވާ މާހައުލެއްގައި އޮންނަ ގުދުރަތީ ތަރިކައެއްކަމުގައި ބެލެވޭ ފެންގަނޑެއް ކަމަށްވާ “ޕަރީ ފެންގަންޑާ” ގުޅުވައިދޭ މަގެކެވެ.
ތަރިކަ މަގުގައި ބެހެއްޓިފައިވާ ބޯޑުތަކުން ދިވެހީންގެ ސަގާފީ ދިރިއުޅުމުގެ މުހިންމު ބައެއް ކަމަށްވާ ގަސްގަހާގެއްސޢާއި ދޫނި ސޫފާ ސޫތްޕާއި އެހެނިހެން ދިރުންތަކުގެ ގުދުރަތީ ދިރިއުޅުމާ ބެހޭ ގޮތުން ދެ ގަޑިއިރުގެ ފަސޭހަ ދަތުރެއްގައި އިތުރަށް ދަސްކުރުމުގެ ފުރުސަތު ލިބެއެވެ.
ތަރިކަމަގަކީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން އައުޓްރީފް ސްޕޯޓްސް ކްލަބާ ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މިމަޝްރޫޢު ހިނގަނީ ލާމު އަތޮޅު ކައުންސިލާއި ސިކްސް ސެންސަސް ލާމު ރިސޯޓުގެ ދީލަތި މާލީ އެހީތެރިކަމާއެކުގައެވެ. މިމަޝްރޫޢަށް ލާމު ގަން ކައުންސިލްގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބިފައިވެއެވެ. އަދި ތިރީގައިވާ ފަރާތްތަކުގެ އެހީތެރިކަންވެސް މިމަޝްރޫޢަށް އެކިގޮތްގޮތުން ލިބިފައިވެއެވެ.