Skip to content

Eg

ހަތްތެލި

ގަމު ހައްތެލި ހުންނަނީ ގަމު މުކުރިމަގު އަވަށުގައި ހުންނަ މުދިން ހިންނައިގައެވެ. ގަމު ހައްތެލީގެ ވަށަމިނަކީ 315 ފޫޓެވެ. އަދި އުސް މިނަކީ 35 ފޫޓެވެ. މިއީ ކުރީ ޒަމާނުގައި ބުޑިސްޓު ދީނުގެ އެކުވެންޏެއް ހުރި ސަރަހައްދެކެވެ. ހައްތެއްޔަކީ ބުދު ދީނުގެ މީހުން އަޅުކަން ކުރުމަށް ހަދާފައި ހުންނަ ތަންތަނަށް ކިޔާ ނަމެކެވެ. މި ތަން މިހާރު ހުންނަނީ އަކިރިއާ ވެލިން ފޮރުވިފައި، ވެލި ފުންޏެއްގެ ސިފައިގައެވެ.

ރާއްޖޭގެ އާސާރީ ތަންތަން ދިރާސާ ކުރެއްވި، އެޗް.ސީ.ޕީ ބެލްވަނީ 1922 ވަނަ އަހަރުގެ މާރޗް 12 އިން 19 އަށް ގަމު ހަތްތެލި ކޮނުމުގެ މަސައްކަތްކުރައްވާފައެވެ.ބެލްގެ މިމަސައްކަތުގެ ތަފްޞީލް އޭނާ ލިޔުއްވި “ދަ މޯލްޑިވް އައިލެންޑްސް: އަ މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ އެންޑް އެޕިގްރަފީ”ގައި ފެންނާން އެބައޮތެވެ. މިފޮތުގައިވާގޮތުންވެސް މީހުން މިތަނަށް ކިޔައިއުޅެނީ “ހަތްތެލި” އެވެ. މިނަން ދެވިފައިވަނީ އެތަންކުރިންހުރިގޮތް ސިފަވަނީ މަތިމައްޗަށް ބޭއްވިފައިވާ 7 ތެލީގެ ބައްޓަމަށް ކަމަށްވާތީ ކަމަށް ބެލް ލިޔުއްވައެވެ. ބެލްގެ މިދަތުރުގައި ހަތްތެލި ކޮނެގެން ނެގިތަކެއްޗަކީ ބުދެއްގެ މޫނުގެ ބަޔަކާއި، އިށީންދެގެން އިންނަ ބައްޓަމަށް ހަދާފައިވާ ކުޑަ ބުދެއްގެ (ހިފައިގެންގުޅޭ ސައިޒްގެ) ބަޔަކާއި، އަދިވެސް ބުދެއްގެ އަތާއި،ފައި ފަދަ ބައެއް ގުނަވަންތަކެކެވެ. މީގެ އިތުރުން ހަތްތެލީގެ ކައިރީގައިވާ އެކި އެކި އުސްގަނޑުތައް ދިރާސާކުރައްވާ މިތަންތަނަކީވެސް ބުދުދީނުގެ މީހުން އަޅުކަންކުރުމުގައި ބޭނުންކުރާތަންތަނާއި އެއްގޮތްކަން ހުރި ތަންތަންކަމަށް ނިންމެވިއެވެ. އަދި މިތާ ކައިރީހުރި ވަޅެއްގެ ތެރެއިންވެސް ބައެއްތަކެތި ނެންގެވި ކަމަށްވެއެވެ.’

ހަތްތެއްޔާއި ބެހޭގޮތުން ގަމުގެ މުސްކުޅިން ކިޔައިއުޅޭ ތަފާތު ވާހަކަތައް ހުރެއެވެ. އޭގެތެރެއިން އެއް ވާހަކައިގާ ބުނާގޮތުން ހަތްތެލި ބިނާކުރީ “ރެދިން”ނޭ ކިޔާ ބަޔެކެވެ. ހަތްތެއްޔަކީ “ރެދީން” އަރާމު ކޮށްލަން އެމީހުން ތައްޔާރުކޮށްފައިހުރި ކިއްލާއެއްކަމަށެވެ. އެ ރެދީން އައްލަންދޫ މާބަދިގޭގައި ކައްކައިގެން ކާން އަންނަނީ ގަމު ހައްތެއްޔަށް ކަމުގައިވެއެވެ. (އައްލަންދުއަކީ އިހުޒަމާނުގެ ގަމުގެ އަވަށެއްކަމަށް މުސްކުޅިން ބުނެއެވެ.) އެރެދީންނަށް ވީގޮތަކީ އެއްރެއަކު މިތަނުގައި ކައްކައިގެން މަޖާކުރަން އުޅެނިކޮށް ފަޖުރުލީއެވެ. އަލިވީއިރު އެމީހުންތިބީ ގާވެފައިކަމުގައިވެއެވެ. ރެދީން ގާވެފައި ތިބިތަންކަމަށް ބުނާ ބުންބެރު ދޮށުގައި، އެކިވައްތަރުގެ ސިފަސިފައިގެ ހިރިގަލުގެ ބުދުތައް ވަރަށްގިނައިން ވަރަށް ފަހަކާއި ޖެހެންދެން ހުއްޓެވެ. އަދި މިހާރު ވެސް އޭގެ ނިޝާން އެބަ ހުއްޓެވެ.

ގަމު ހަތްތެއްޔަކީ ހަމައެކަނި “އަކިރިޔާއި ވެލިން ފޮރުވިފައި ހުރި އުސްތަންގަނޑެއް” ނޫނެވެ. ދިވެހީންގެ ތާރީޚީ ތަރިކައެކެވެ. އިސްލާމްދީނުގެ މަތިވެރި ހިދާޔަތްލިބުމުގެ ކުރިން ދިވެހިން އުޅުނުގޮތާއި އެޒަމާނުގައި ގަމުގައި އުފެދިފައިއޮތް ހަޟާރަތުގެ ފެންނާން ހުރި ހެއްކެވެ. ދިވެހީންގެ ގަލުވަޑާމުގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ރަމްޒެކެވެ.

ދޫނި

މާކަނާ

Ardea herodias

ގަސްގަހާގެހި

No data was found

އެހެނިހެން ހޯދުންތައް

No data was found

Signup for Tour